އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު 4،429 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ވަނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައެވެ.
މި ބައި-އިލެކްޝަން ބާއްވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ އިތުރުން، ތިނަދޫ، ހއ. ވަށަފަރު، ނ. ކުޑަފަރި އަދި އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށެވެ.
އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ތިނަދޫއިން 185 މީހުންނާއި، ވަށަފަރޫއިން 688 މީހުންނާއި، ކުޑަފަރީއިން 653 މީހުންගේ އިތުރުން ހުޅުދޫއިން 2،903 މީހުންނަށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.




