ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި އޭރުގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގި ބޮޑު ކޮރަޕްޝަން މައްސަލައިގައި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އާދިއްތަ ދުވަހު ކޯޓުން ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އޭނާއަށް ދޭނެ އަދަބެއް ކަނޑައެޅުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި އެކަން ކަށަވަރު ކުރުމެއް ނެތި، ނާޖާއިޒު ގޮތުގައި ފައިސާ ދޫކުރި މައްސަލައެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މި މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކުށް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް