70 އަހަރުން މަތީގެ މީހުންނަށް އަންނަ އަހަރު ޙައްޖަށް ދެވޭގޮތަށް ހަމަޖައްސައިފި

އަންނަ 1448 ވަނަ އަހަރު ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ޙައްޖު ކިއުގައި ތިން އަހަރު ވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި ގޮތުގައި، މި ނިންމުން ނިންމެވީ ކިއުގައި ތިބި ދޮށީ ޢުމުރުގެ ބޭފުޅުންނަށް ވީހާވެސް އަވަހަށް ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ދިގު މުއްދަތަކަށް އިންތިޒާރުކުރަންޖެހި ޙައްޖުވުމުގެ ފުރުޞަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން ނައްތާލުމުގެ މަޤްޞަދުގައެވެ.

މި އުސޫލު ތަންފީޒުކުރާނީ މުޢުސޫލީ ގޮތެއްގައި، ޢުމުރަށާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށާއި، މިއީ އެންމެންނަށްވެސް ހަމަހަމަކަމާއެކު ތަންފީޒުކުރެވޭނެ އުސޫލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވިއެވެ. މިގޮތުން، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރޭ މީހުންނަށް މި ފުރުޞަތު ލިބިގެންދާނެއެވެ.

މި އުސޫލުގެ ދަށުން 1448 ވަނަ އަހަރު 70 އަހަރުން މަތީގެ 324 މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭއިރު، އޭގެ ތེރެއިން 86 މީހުންނަކީ 75 އަހަރުން މަތީގެ ބޭފުޅުންނެވެ. އަދި މި ބަދަލާއެކު ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ޙައްޖަށް ދިއުމަށް ލަސްވުމެއް ނާންނާނެ ކަމަށާއި، އާއިލާއާއެކު ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ޙައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުޞަތު ގެއްLިގެން ނުދާނެހެން އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިއެކްޝަންސް

ކޮމެންޓް