މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރަމުންދިޔަ ބޮޑު ނެޓްވޯކެއް އަތުލައިގެން، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނާ ގުޅޭގޮތުން އެ ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މާލެތެރޭގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ހ. މާދޫގެ ބަލާ ފާސްކުރިއިރު، އެ ގޭގެ ފުރަތަމަ ފަންގިފިލާއިންނާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގަނެފައެވެ. މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މާލެއާއި ރަށްރަށުގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.




