ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) -- ފޮޓޯ: ރާއްޖެ ޓައިމްސް

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބި، ބޭންކުގެ ތާރީޚުގައި ނުވަ މަސްދުވަހު ނުލިބޭވަރުގެ ބޮޑު ފައިދާއެއް ހޯދައިފިއެވެ.

ބީއެމްއެލްއިން އާންމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބޭންކުގެ މާލީ ހާލަތު ވަރުގަދަވަމުންދާއިރު، ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ ރެގިއުލޭޓަރީ މިންގަނޑަށްވުރެ ތިންގުނަ އިތުރުކޮށް 38 އިންސައްތައިގައެވެ. މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ 12.1 ބިލިއަން ރުފިޔާއަށް އަރައި ލޯނު ދޫކުރުމުގައި އައު ރިކޯޑެއް ހަދާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ބީއެމްއެލްއިން ބުނި ގޮތުގައި ދުނިޔޭގެ މާލީ ގޮންޖެހުންތަކާއެކުވެސް މިފަދަ ކާމިޔާބީއެއް ހާސިލުކުރެވުނީ އިގުތިސޯދީ މުހިންމު ދާއިރާތަކަށް ދޫކުރި ލޯނުތައް އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް