މިފްކޯގެ ޗެއާޕާސަން ފާއިޒް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް މއ. ދޭލިޔާގެ ޢަބްދުﷲ ފާއިޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ.

ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަންކަން ކުރައްވާފައެވެ. މީގެއިތުރުން އޭޑީކޭ އާއި ވިލާ ކުންފުނީގެ އިސް މަގާމުތަކުގެ އިތުރުން ސާކް ޗެމްބަރ އޮފް ކޮމާސްގެ ނައިބު ރައީސްކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ ގިނަ ޖަމްއިއްޔާތަކެއް އުފެއްދެވުމުގައި ބައިވެރިވެވަޑައިގެންފައިވާ ފާއިޒަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރިއެކްޝަންސް

ކޮމެންޓް