ތަރައްގީކުރާ ބޭރުމަގުގެ ސަރަހައްދުގައި އުޅަނދުތައް ޕާކުނުކުރެވޭނެނަސްރުﷲ މުޙައްމަދު3 months agoFacebookXPinterestLinkedInWhatsAppTelegramSHAREFacebookTwitterLinkedInPinterestEmail މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނުމަގުން މިހާރު ތަރައްޤީ ކުރަމުންދާ ސަރަހައްދުގައި އެއްވެސް އުޅަނދެއް ޕާކުނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްފަހުގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ސަރަހައްދުގައި ޕާކުކުރުން މަނާކުރި ނަމަވެސް، މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޚާއްޞަ ޕާކިންގ ޒޯންތަކެއް ހެދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން އާ ޕާކިންގ ޒޯންތައް ހެދުމުން މަގު ބޭނުންކުރާ ފަރާތްތަކަށާއި ހިނގާ މީހުންނަށް އަމާން އަދި ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެއެވެ. ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ދުވާރުގައި ގާ އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި މަހުގެ 26 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުމާލޭ ބޮޑުތަކުރުފާނު މަގު ހެދުންރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށްކޮމެންޓް ކުރެއްވުމަށްގުޅޭ ލިޔުންތައްމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން ފުލުހުންނާއި މޮބިލިޓީ އޮފީސް މަޝްވަރާކޮށްފި1 day agoމީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި1 day agoދަނގެތި ބަނދަރު މަޝްރޫޢު: ތޮށިގަނޑު ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް ގެންގޮޮސްފި2 days ago
މީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި1 day ago