ރައީސް މުއިއްޒުގެ ދެކަނބަލުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މިއީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. މީގެ ތެރެއިން ހަތަރު ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅުތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިފަދަ ނުރަސްމީ ދަތުރުފުޅުތަކުގައި، އިދާރީ ކަންކަމާއި އާއިލީ އަދި އަމިއްލަފުޅު ހުރިހާ ޚަރަދެއް ބަލަހައްޓަވަނީ އެމަނިކުފާނު އަމިއްލަފުޅަށެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް