މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަލުން އައްޔަންކުރައްވައިފިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޕީއެންސީގެ ލީޑަޝިޕާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަކާ ގުޅިގެން، އޭނާ ވަނީ މީގެ ކުރިން އެ ކޮމިޓީގެ މެންބަރުކަމުންނާއި މުގައްރިރުކަމުން ވަކިކުރެވިފައެވެ.

އެ ދުވަސްވަރު އަސްމާގެ ބަދަލުގައި އެ ކޮމިޓީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ.

މީގެ އިތުރުން، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އަސްމާގެ އާއިލީ ބޭފުޅުންނަށް ވެސް އެ ދުވަސްވަރު ވަޒީފާގެ ބަދަލުތަކެއް އައި ނަމަވެސް، ފަހުން އެ ބޭފުޅުންނަށް ވަނީ އައު މަގާމުތައް ހަމަޖައްސަވައިދެއްވާފައެވެ.

އަސްމާ ރަޝީދު އަލުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންފައިވާއިރު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ވެސް އޭނާއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް