ޔޫއޭއީގެ ސަފީރު މުންދު އާއި އ.ދ. ގެ ދާއިމީ މަންދޫބު ޑރ. ސަލްމާ މަޤާމުން ވަކިކޮށްފި

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު އެ މަޤާމުތަކުން ވަކިކޮށްފިއެވެ.

މުންދު އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދުގެ ދަރިކަލުން ކަމަށްވާއިރު، ޑރ. ސަލްމާ އަކީ އަސްމާގެ ކޮއްކޮއެވެ.

މީގެ އިތުރުން އަސްމާގެ ދަރިކަނބަލުން ކަމަށްވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފްވެސް ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.

މި ތިން ބޭފުޅުން މަޤާމުތަކުން ވަކިކޮށްފައިވަނީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ވާހަކަ ދެއްކެވި އޯޑިއޯ ކްލިމެއް މީސްމީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް