އައްޑޫމީދޫ ކައުންސިލް ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް މިރޭ

އަފިރިންގެ ކައުންސިލް އަފިންނަށް" ހަރަކާތާއި ރާއްޖެ ޓައިމްސް ގުޅިގެން އިންތިޒާމުކުރާ "އަފިރިންގެ ބަހުސް"  ގެ، މީދޫ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް މިރޭ އޮންނާނެއެވެ.

މި ބަހުސްއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އަދި މީދޫ ދާއިރާގެ ކައުންސިލް ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ބާއްވާ ބަހުސްއެކެވެ. މީގެތެރެއިން ހުޅުދޫ ބަހުސް ރޭ ވަނީ ބާއްވާފައެވެ.

މިދޫގައި މިރޭ ބާއްވާ ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި މީދޫ ކުރީގެ ޝަމްސުއްދީން ސްކޫލުގައެވެ.

މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ޖުމްލަ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި އާމިނަތު ސާލިހާއާއި އެމްޑީޕީގެ ޓިކެޓްގައި އަންޖުމް ނުއުމާން އަދި އަމިއްލަ ގޮތުން އަހުމަދު ޝާތިރެވެ.

މި ބަހުސްގެ މޮޑަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ މީޑިއާ ދާއިރާގެ ތަޖުރިބާކާރު، އަދި މަޝްހޫރު ޕްރެޒެންޓަރު އިމާދު ލަތީފެވެ.

ކައުންސިލް ރައީސްކަމަށް ކުރިމަތިލައި އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް މިހާރު ވަނީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު އަރުވާފައެވެ. މިރޭގެ ބަހުސް ރާއްޖެ ޓައިމްސް ނޫހުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް