ރަތަފަންދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ރަތަފަންދޫ ބަނދަރު ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބްއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން، 905 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، 70 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 280 މީތަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، 2 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް އެޅުމަށް ހަމަޖެހިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް