ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އެޅުން- ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގައި އިމާރާތް ކުރާ ފްލެޓްތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައިކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރަން ވަނީ ނިންމާފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން އަޅަމުން އަންނަ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފު ވިދާޅުވީ ބީއެމއެލްގެ ފްލެޓްތަކަކީ އަގުހެޔޮ ފްލެޓްތަކެއްކަމުން އެ ފްލެޓްތައް އަޅަނީ ލީސް ޓް އޯން މޮޑެލް އަށްކަމަށެވެ. އެގޮތުން މަހުން މަހަށް ފައިސާ ދައްކަމުން ގޮސްފައި ވަކި ހިސާބަކުން އެ އަމިއްލަ ކުރެވޭނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ފްްލެޓްތަކުގެ ކުލީގެ ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ކުލީގެ ގޮތުގައި ނަގާނެ އަދަދެއް މިހާތަނަށް އަދި ނުނިންމާކަމަށެވެ. އެހެންނަމަވެސް ހިސާބުތަކަށް ބަލާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓެއް 10،000 ލިބޭނެކަމަށް ބެލެވޭކަމަށެވެ.

"މިހާރުގެ މާކެޓްގައި ތިން ބެޑްރޫމް އެޕާޓްމެންޓެއްގެ އަގު މި އުޅެނީ 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަގެއްގައި. އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ނޫންތޯ. ދެން އަނެއްކާ އަޅުގަނޑުމެން މުޅިންވެސް ހަދަމުން މިދަނީ ތިން ރޫމްގެ އެޕާޓްމެންޓްތައް." ޝަރީފް ވިދާޅުވިއެވެ.

 

 

 

 

ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ އެފޯޑަބްލް ހައުސިންގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓްގެ ބިންގާ މިމަހުގެ 21 ވަނަދުވަހުގެ ރޭ ވަނީ އަޅާފައެވެ.

މި މަޝްރޫއުގެ ދަށުން ބައެއް ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެެވެ. އަދި ބައެއް ދިވެހި ކުންފުނިތަކާ ވެސް ވަނީ ފްލެޓު އަޅަން ހަވާލުކޮށްފަ އެވެ.

ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ. ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމި އަދި ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ސީއެމްއީސީން އިމާރާތް ކުރާނީ 1،224 ހައުސިން ޔުނިޓެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް