ސަރުކާރުގެ ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކްއިން-އިންޓަވިއުއެއް

އެމްޓީސީސީން ހިންގާ މި ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ރެކްރޫޓް ކުރުމަށްޓަކައި މާދަމާ ޚާއްޞަ އިންޓަވިއުތަކެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިންޓަވިއުތައް އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އަށް، މާފަންނު ބަސް ޓާމިނަލްގައެވެ.

މިދިޔަ ޖަނަވަރީ މަހު ބޭއްވި މިފަދަ އިންޓަވިއު ސެޝަނެއްގައި 250 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން މި ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި ޚިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުންނެވެ.

ސަރުކާރުން ފަށާ މި ޓެކްސީ ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެން ދޭ ޚިދުމަތަކަށް ވުމާއެކު، މި އުޅަނދުތައް ޗާޖުކުރުމަށް ބޭނުންވާ އީވީ ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

 

 

 

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް