މޮރީޝަސްގެ ރައީސް ރާއްޖެއިން އެގައުމަށް ކަނޑައަޅުއްވައިފައިވާ ސަފީރާ މީގެ ކުރިން ބައްދަލުކުރެއްވުމެއްގެ ތެރެއިން--

ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަކޮށް، ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފިއެވެ.

މޮރިޝަސްގެ ކެބިނެޓުގެ އިއްޔެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން، ދިވެހިރާއްޖެއާއެކު އޮތް ހުރިހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއާ ބެހޭ ބިލު" މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. މި ބިލަށް އަމަލުކުރަން ފަށާނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން ކަމަށް ކެބިނެޓުގެ ނިންމުންތަކުގެ ތެރޭގައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް