މާލޭ ހިޔާ ފްލެޓުގެ 5 ވަނަ ފްލޯއިން 60 އަހަރުގެ މީހަކު ވެއްޓި ފަރުވާ ދެނީ

މާލެ ހިޔާ އެކެއްގެ ފުލެޓަކުން އުމުރުން 60 އަހަރުގެ މީހަކު މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ވެއްޓިފަވަނީ އެ ފްލެޓްގެ 5 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ބުނެއެވެ.

ވެއްޓުނު މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް