މާލޭ ސީއެޗްއެސްސީގައި 7 ބުރީގެ އާއިމާރާތެއް އަޅަން ހަވާލުކޮށްފި

މާލޭގެ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން(ސީއެޗްއެސީ)އަށް 7 ފަންގިފިލާގެ އާ އިމާރާތެއް އިތުރުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސީއެޗްއެސްސީގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުލާމް ރުޝްދީއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށް، މާލޭގައި މިހާރު ސީއެޗްއެސީ ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގައެވެ. ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 51.6 މިލިޔަން ރުފިޔާއަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް