ރޭ އެކަނިވެސް 4،196 މަސްދަޅު ކޭސް ދޫކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ރޭ ފެށުނުއިރު، ރޭ އެކަނިވެސް 4196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭ ފެށިއިރު، މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މަސް ކޭސްތައް ދޫކުރުމަށް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން 4،196 ކޭސް ރޭ 8:30އިން 11 ޖަހަންދެން ދޫކުރި ކަމަށެވެ.

އެންމެ ގިނައިން މަސް ކޭސް ދޫކުރީ ގަޅޮލު ދަނޑުން ކަމަށާއި، އެއީ 783 ކޭސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މަސްދަޅު ކޭސް ބަލާ ދާން ޖެހެނީ ފުލުހުން ތައާރަފްކުރި ޕޯޓަލެއް މެދުވެރިކޮށް ނަންބަރު ނަގައިގެން، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ 15 މަރުކަޒަކުން ތަނަކަށެވެ. އެއީ:

މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލު
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު

ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • އުމަރުޒާހިރު ބިލްޑިން
  • ޕޮލްކޯ ޓަވަރު
  • މުހައްމަދު ގާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • އެމްޕީއެލް ޓަވަރު ޕީ

ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

ވެމްކޯސައިޓު

ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ބުނެފަ އެވެ.

 

ރިއެކްޝަންސް

ކޮމެންޓް