ހުޅުދެލި ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އަޅައިފި

ދ.ހުޅުދެލީ ޞިއްޙީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު، ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއޯއޯ ސީނާން ޢަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 4،905 އަކަފޫޓުގެ އިމާރާތެއް ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާނެއެވެ. މީގެ އިތުރުން، ވަށާ ފާރަކާއި، ޕޯޓިކޯއަކާއި، 225 އަކަފޫޓުގެ ބޭސް ފިހާރައެއް ހަދާނެއެވެ.

މިއީ 10.06 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް