އެއް އަހަރުތެރޭ ނިންމާގޮތަށް ރިނބުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ފަށައިފި

ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ރިނބުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އައު އިމާރާތާއެކު އެރަަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި ނަރސް ސްޓޭޝަން، ލެބޯޓްރީ، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް މީޓިންގް ރޫމް، ފަތަ ތަންތަން ހުންނާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް