ހުޅުދެލި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ދ. ހުޅުދެލި ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މި ޚިދުމަތްތައް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި ހުޅުދެލި ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހުޅުދެލި ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މިއަދު ވަނީ އެމްޓިސީސީއާ ހަވާލުކޮށްގެން އިމާރާތްކުރާ އައު އިމާރާތުގެ މަސައްކަތްވެސް ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް