ދުންފަތުގެ ބާވަތްތައް ޞިއްޙީ އިންޒާރު ޖަހައިގެން ވިއްކާ މުއްދަތު ފަސްކޮށްފި

ދުންފަތުގެ އެކި ބާވަތްތައް ޞިއްޙަތުގެ އިންޒާރު ޖަހައިގެން ވިއްކުމަށް ދީފައިވާ މުއްދަތު ފަސްކޮށްފިއެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަދި ރާއްޖޭގައި ވިއްކާ ފަރާތްތަކުން ޢަމަލު ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ޤަވާއިދުގެ ދަށުން ލާޒިމު ކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި، ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.

އެޗްޕީއޭއިން ބުނީ، މިހާރު ޢަމަލު ކުރަމުންދާ އުސޫލަށް ނިމިދިޔަ އަހަރުގެ ޖުލައި 29 ގައި ގެނެސްފައިވާ 1 ވަނަ އިސްލާޙުގައި ހިމެނޭ ބަދަލުތަކަށް ޢަމަލުކުރުން ލާޒިމުވާ ސުންގަޑި މިއަހަރުގެ ޖުލައި 28 އަށް ފަސްކޮށްފައިވާ ކަމަށެވެ. މީގެކުރިން މިޤަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ، މިމަހުގެ 28 ގައެވެ. އަދި މިއިސްލާޙުގައިވާ ގޮތުން އެ ބާވަތްތަކެއްގައި ޞިއްޙަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް، އެތާރީޚުން ފެށިގެން ރާއްޖެއަށް އެތެރެ ކުރެވޭނީ އަދި ވިއްކޭނީ ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ޞިއްޙަތުގެ އިންޒާރު ނުޖަހާ، ކުރިން އެތެރެ ކޮށްފައިވާ މިފަދަ ބާވަތްތައްވެސް ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދައެއް ނުވާނެއެވެ. އެހެންކަމުން އިންޒާރު ނުޖަހާ އެތެރެކުރުން މިހާރު ހުއްދަ ނަމަވެސް އެމުއްދަތުގެ ނިޔަލަށް ވިއްކާ ޚަލާސް ކުރަން ޖެހޭނެތީ މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.

📢 Tobacco Regulatory Updates!

ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރު 22 ގައި އަދާ ހަމަކުރި ލިސްޓުގައި، އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ލިސްޓުގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަރސް އެތެރެކުރި ނަމަވެސް ފްލޭވަރސްއަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން ލާޒިމު ނުވެއެވެ. އެހެންކަމުން ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓުގައި ހިމަނާއިރު، އެއީ ވަކި އައިޓަމެއްގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިޞްބަތްވާ ބާވަތް ނުވަތަ ކެޓަގަރީ (ސްމޯކިން، ސްމޯކްލެސް، ހީޓެޑް ޓޮބޭކޯ، އެހެނިހެން) އާއި، ބްރޭންޑް އަދި އުފެއްދި ޤައުމު އެއްގޮތްވާނަމައެވެ.

އަދި މިއިން އެއްވެސް ބައެއް ތަފާތުވާނަމަ، ވަކިން ރަޖިސްޓްރީކޮށް ވަކި އައިޓަމެއްގެ ގޮތުގައި ލިސްޓު ކުރަން ޖެހެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް