މިނިސްޓްރީން ކުރިއަށް އޮތް ދުވަސްތަކުގައި މުހިއްމު ބަދަލުތަކެއް ފެންނާނެ: އާދަމް ޝަރީފު

މިނިސްޓްރީގެ ކަންކަން ހަރުދަނާކުރުމަށް ޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެ ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީގެ މި އަހަރުގެ '"އަހަރީ ރިވިޔު"' މުރާޖާ އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ އަހަރީ ރިވިޔު އަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދީގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރިވިޔު އެއް ކަމަށެވެ.

މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތްތައް މިނިސްޓަރ ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

މި ހިނގާ އަހަރު މިނިސްޓްރީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޓްރޭނިންގ ހިންގިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތުގެ މާޙައުލުގައި ފަހިކަމާއި، ފާގަތިކަން އިތުރުވެގެންދާނެ ކަމަށް ޤަބޫލުފުޅުކުރެވޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީގެ ކަންކަން ހަރުދަނާކުރުމަށް ޓަކައި މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް