އެޗްޑީސީ އިން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފްކޮށްފި

ހުޅުމާލޭ ސެކިއުރިޓީ ބެލެހެއްޓުމަށް އެޗްޑީސީން ހުޅުމާލޭގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފްކޮށްފި އެވެ.

މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައެވެ.

ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް އިފްތިތާހުކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަދި ކުރިން ސިފައިން ގޭގައި ޚިދުމަތްކުރެއްވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްގެ ޔުނީފޯމާއި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.

އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް