ބޮންޑައި ބީޗުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި، މައުސޫމް މީހުންގެ ފުރާނަތައް ނަގާލާ މިފަދަ ފިނޑި އަދި ނުބައި ޢަމަލުތަކަށް މުޖުތަމަޢުގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވަނީ މި ހަމަލާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވައި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ އޮސްޓްރޭލިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، ހުރިހާ ސިފައެއްގައިވެސް ޓެރަރިރަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް މި ބަޔާނުގައި ޚާރިޖީ ވުޒާރާއިން ދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް