ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށް 500 ޒުވާނުން ތަމްރީނުކުރަން ނިންމައިފި

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން "އެކު އެކީ" ނަމުގައި ފެށިފައިވާ ޔޫތް ޕިއަރ އެޑިކޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ދަށުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށް 500 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ރޭވިފައެވެ.

ޕިއަރ އެޑިކުޓޭރަނުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގައްޔާއި އެކުވެރިޔާއަށް އެހީތެރިވުމަށް ތަމްރީންކުރާ ފަރާތެކެވެ. އަދި މިއީ ޒުވާނުންކަމަށްވުމުން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް، ޢިލްމީ އަދި ދުޅަހެޔޮ ރައްކާތެރި ޚިޔާލުތައްދިނުމުގައި މައިގަނޑު ރޯލެއް މި އެޑިއުކޭޓަރުން އަދާ ކުރެއެވެ.

ޕިއަރ އެޑިއުކޭޓަރެއްގެ ޒިންމާތައް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭރުން ފުޅާވެގެންދެއެވެ. މިގޮތުން ދޭދޭ ގުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ހުނަރުތަކާއި، ދިމާވާ މައްސަލަތައް ދަނެގަތުމާއި، އެ އުމުރުފުރާގެ ފަރާތްތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ ތެރޭގައި މަޢުލޫމާތު ހިއްސާ ކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

އެގޮތުން، އެކުއެކީ ޕްރޮގްރާމް ހާއްސާކުރެވިފައިވަނީ ޒުވާނުންގެ މެދުގައި ދިމާވާ ގެވެށިއަނިޔާގެ މައްސަލަތައް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް އަރައިގަތުމުގެ ކުރިން ވިޔަ ނުދިނުމަށް އެމީހުންގެ މެދުގައި ރަނގަޅު ހުނަރުތައް އެކަށައެޅުމަށެވެ. މި ޕްރޮގްރާމު 2025 އޮގަސްޓު މަހުގެ ތެރޭގައި ހދ. އަތޮޅުގައި ވަނީ ޕައިލެޓް ކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް