ތޫފާން "ދީތުވާ"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމް އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ (800،352 ޑޮލަރު) ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއާ މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ޓެލެތޯން ކުރިއަށް ގެންދިއުމުގައި 40 އަށް ވުރެ ގިނަ މީޑިއާ ހަރަކާތްތެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ސްރީ ލަންކާ އަށް ދިމާވި ހިތާމަވެރި ކާރިސާގައި އެ ގައުމަށް އެހީވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު، އެންމެ ފުރަތަމަ ނިންމި ގައުމަކީ ދިވެހި ރާއްޖެކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ.

ޓެލެތޯން އަށް ލިބުނު ފައިސާ:

  • ބޭންކް ޑިޕޮސިޑުގެ ގޮތުގައި: 8،797،476.40 ރުފިޔާ އަދި 50،513.31 ޑޮލަރު
  • 15 ލޮކޭޝަނުގައި ބެޖެއްޓި ފޮށިތަކުން: 265،703.44 ރުފިޔާ އަދި 575 ޑޮލަރު އަދި 20 ޔޫރޯ
  • ޗެކާއި ކޮމިޓްމަންޓް: 2،490،111.26 ރުފިޔާ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް