އައިނު ހައްދަން ހަތަރު މަސްތެރޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން 47 މިލިޔަން ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ، އަމިއްލަ ޚިދުމަތްދޭ ފަރާތްތަކަށެވެ.

އެގޮތުން 17117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް މާލީ އެހީ ފޯރުކޮށްދީފައިވެއެވެ. އެއީ، 32.6 މިލިޔަން ރުފިޔާއެވެ. މީގެ އިތުރަށް ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ 7382 މީހަކު އައިނު ހެއްދުމަށް ކޮށްފައިވާ ޚަރަދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ، އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް