އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްތިއުފާދެއްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ.

ފައްޔާޒް އިސްތިއުފާ ދެއްވީ ރޭ އޮތް އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ފައްޔާޒް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ނިމުނުއިރު އެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށެވެ.

އަދި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގައި ތެރޭގައި އުފެދުނު މައްސަލަތައް ހައްލު ކުރެއްވުމަށްކަމަށާއި ނަމަވެސް އެކަމުގައި މާބޮޑު ކާމިޔާބެއް ނުލިބުނުކަމަށް ފައްޔާޒް ވިދާޅުވިއެވެ.

 

ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އޭނާ އަބަދުވެސް މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ "ސްޕްލިޓް" ނުވަތަ ބައިބައިވުން ނައްތާލަން ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ބައިބައިވުންތައް ނައްތާލައިގެން "އެއްވެގެން" ނެވެ.

ފައްޔާޒް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާކަމަށާއި ރަސްމީކޮށް އިއުލާން ނުކުރެއްވިނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް ޕާޓީގައި އެތިއްބެވިކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައި އޮތުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.

އަދި ޕާޓީން ހިންގާ ހަރަކާތްތަކަކީ އޭނާގެ އަމިއްލަ ފައިދާއާށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ދެކުމުގެ ފުރުސަތުވެސް އޮންނާނެތީ، ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަމަށް ފައްޔާޞް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް