ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާތަކުގެ އަދަދު 300 މަތީގައި
އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސް މަޖައްލާތަކުގެ ދަފުތަރު ޢާންމުކޮށްފިއެވެ.

ދާދި ފަހު އެކުލަވާލި މީޑިއާ ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލަވާލާތާ 45 ދުވަހުގެ ތެރޭގައި، އެހިނދުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލާ އާއްމުކުރަން ޖެހޭނެކަމަށެވެ.

އެމްއެމްބީސީ މިއަދު އާއްމުކުރި ނޫސް މަޖައްލާތަކުގެ ދަފްތަރުގައިވާ ގޮތުން ރާއްޖޭގައި ރެޖިސްޓްރީކޮށްގެންް 333 ނޫސް މަޖައްލާ ހިންގަމުން އާދެވެ. ކޮމިޝަން އާއްމުކުރި ލިސްޓުގައި މިހާރު އެއްގޮތަކަށްވެސް ނުނެރޭ އަދި ވުޖޫދުގައި ނެތް މަޖައްލާތައްވެސް ހިމެނެއެވެ.

ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް މިއަދު އާާއްމުކުރި ދަފްތަރުގައި ނެތްނަމަ އެކަން ހަތް ދުވަހުގެ ތެރޭގައި އަންގަން މީޑިއާ ކޮމިޝަނުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް