ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. މި ކޮމިޓީގައި ހިމެނެނީ ހަ ސަރުކާރު އިދާރާގެ ތަމްސީލުކުރާ ފަރާތްތަކެވެ.

މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ ދަށުން ލިބޭ ފައިސާ، އިންސާފުވެރިކަމާއި ފޮރުވުމެއްނެތި ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި ހިންގުމެވެ.

މި ފަންޑުގެ ހަރަކާތްތައް މި ކޮމިޓީން ބެލެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް