ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ މުބާރިކް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަޤާމަށް، އެކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު، ޙުސްނީ މުބާރިކް ޢައްޔަންކުރުމަށް އެކޮމިޝަނުން ނިންމަވައިފިއެވެ.

އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ހުސްނީ މުބާރިކް އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ވޯޓުންކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ހުސްނީ މުބާރިކް ރައީސ ޑރ. މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވަނީ މިއަދުއެވެ.

ރައީސް މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވުމުންނެވެ.

ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޟާއެވެ. ރިޟާގެ ބަދަލުގައި ޖޭއެސްސީއަށް ޙުސްނީ މުބާރިކް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް