ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފްތަރެއް ވަނީ އެކުލަވާލާފައެވެ.

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލު" އާއި އެއްގޮތަށް ދަފްތަރުވުމަށް ހުށަހެޅުމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ އެދިފައެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އައިޑީ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮޓޯ، ޕޯޓްފޯލިއޯ / ސީވީ އަދި އިގްރާރް ( އޮންލައިން ފޯމް ހުށަހަޅާނަމަ) ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް