އެސްބީއައިއަށް މިމަހު ދައްކަން އޮތް ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އިތުރު 1 އަހަރަށް އެ ގައުމުން ފަސްކޮށްދީފިއެވެ.

މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށް ކަމަށްވާއިރު، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.

ޓީބިލް ދެއްކުން ފަސްކޮށްދީފައި މި ވަނީ ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮއްވައެވެ.

އިންޑިއާއަށް ދައްކަން ޓީބިލެއް ފަސްކޮށްދިންއިރު، މިދިޔަ މެއި 12ގައި ވެސް ވަނީ، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދޭން އެ ގައުމުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް