އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ

މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފިއެވެ.

މިދިޔަ ހަފްތާގައި ސިންގަޕޫރުގައި އަވަހާރަވި އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަޓީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5އަށް ދަފްތަރުގައި ސޮއި ކުރެވޭނެއެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

އުމުރުފުޅުން 78 އަހަރުގައި އަވަހާރަވި އެމްޔޫ މަނިކަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މަޓީގެ ޗެއާމަންކަން ވެސް ކުރެއްވި އިސް ވިޔަފާރިވެރިއެކެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ރިއެކްޝަންސް

ކޮމެންޓް