ތ. ވަންދޫ އައު މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

ތ. ވަންދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މިސްކިތުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމުމަށް އަމާޒުހިފާފައިވާއިރު މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދުން މި ހަފްތާގައި، މި މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.

ވުޒާރާގެ ބެލުމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް