ގައުމީ ދުވަހާ ގުޅުވައިގެން މައުމޫން ފައުންޑޭޝަނުން ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

ޤައުމީ ދުވަހުގެ މުނާސަބަތުގައި ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ނިންމައިފިއެވެ.

އެ ފައުންޑޭޝަނުން ކުރި އިއުލާނެއްގައި ބުނީ ޅެން ހެދުމަށް ހުޅުވާލާފައި ވަނީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި އަދި ދިވެހިންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މައުޟޫޢުތަކަށް ކަމަށެވެ.

މިއީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށް އެ ފައުންޑޭޝަނުން ހާމަކުރެއެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މި މުބާރާތުގައި 1 ވަނަ އަށް އަންނަ ފަރާތަކަށް 5000.00 ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އަދި 2 ވަނަ އަށް އަންނަ ފަރާތަށް 3500.00 ރުފިޔާ ކަނޑައަޅާފައި ވާއިރު 3 ވަނަ އަށް އަންނަ ފަރާތަށް 2000.00 ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ފައުންޑޭޝަަނުން ހާމަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޅެން ހެދުމަށްފަހު 27 އޮގަސްޓު 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން [email protected]މި އީމެއިލް އެޑްރެހަށް ފޮނުވުމަށް އެ ފައުންޑޭޝަނުން އެދިފައި ވެއެެވެ.

މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ފައުންޑޭޝަންގެ ފޯން ނަމްބަރު 7981500 އަށް ގުޅުމަށް މައުމޫން ފައުންޑޭޝަނުން އެދިފައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް