ބަނޑިދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ދ.ބަނޑިދޫން ބަންޑާރަގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލްއިން ހުޅުވާލައިފިއެވެ.

ބަނޑިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ރަށުން 2،000 އަކަފޫޓުގެ 88 ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ބަނޑިދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ. އަދި އެ އިދާރާއިން ވަނީ އިޢުލާނާއެކު ފޯމު ގެޒެޓްވެސް ކޮށްފައެވެ.

ކައުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓު 2025 ވާ ހޯމަ ދުވަހުން ފެށިގެން 18 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް އަދި މެންދުރުފަހު 13:30 ން 14:00 އަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް