ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ކަރީމްބެ ނިޔާވެއްޖެ

ސިއްހީ ޚިދުމަތް ފޯރުކޮށްދެއްވުމުގައި 47 އަހަރަށް ވުރެން ގިނަ ދުވަސް ހޭދަކުރެއްވި, ހ. ސެންޓާލަމް, ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އުމުރުފުޅުން 80 އަހަރުގައި ރޭ އަވަހާރަވެއްޖެއެވެ.

ކަރީމްބެ އަވަހާރަވީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވައިފައެވެ. ކަރީމްބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ވަނީ ނިންމައިފައެވެ.

ކަރީމްބެ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ. އުމުރުން 65 އަހަރުވެގެން 16 ޖުލައި 2009 ގައި ރިޓަޔާ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ދާއިރާގައެވެ.

ސިއްޙީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުލްކަރީމް މުޅި ޖުމްލަ 47 އަހަރު ދިވެހި ދައުލަތަށް މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައިވެއެވެ. އަބްދުލްކަރީމްގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ސަރުކާރުން ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް