ލިޔުންތެރިންގެ ދުވަހާ ގުޅިގެން ފޮތް މައުރަޒެއް ބާއްވަނީ

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ފޮތް މައުރަޒެއް ބާއްވަންދިވެހިބަހުގެ އެކެޑަމީން ނިންމައިފައެވެ.

މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ 9 ޖުލައި 2025 އިން 10 ޖުލައި 2025 ގެ ނިޔަލަށް ދިވެހިބަހުގެ އެކެޑަމީ ގައެވެ.

ދިވެހިބަހުގެ އެކެޑަމީން މައުލޫމާތު ދިންގޮތުގައި ކުރިއަށް އޮތް ތަނުގައި ދިވެހި ލިޔުންތެރިންގެ ފޮތްތައް އާންމުކުރުމަށާއި ވިއްކުމަށް މި އެކެޑަމީގެ ބޭރު ފެންޑާ، އިތުރު އަގަކާ ނުލައި، ދޫކުރާން ވަނި ނިންމާފައެވެ.

ވީމާ ކަމަށް ޝައުގުވެރިވާ  ފަރާތްތަކުން 14 ޖުލައި 2025 ގެ 14:00 ގެ ކުރިން ލިޔުމުންއެކެޑަމީ އަށް އެންގުމަށް ވަނީ އެދިފައެވެ.

މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށްކ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ދެ ފަރާތުން މަޝްވަރާކުރުމަށް ފަހުގައި ކަން ވެސް އެކެޑަމީން މައުލޫމާތުދެއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހަކީ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް