އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ކުރިމަތިލައިފި

ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަޤާމަށް ކުރީގެ އެމްއޭއެމްގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީޙުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤް ކުރިމަތިލުމަށް މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަކޮށް ފޭސްބުކް ޕޯސްޓެއްގައި މިއަދު ތާރިޤް ހާމަކުރިގޮތުގައި ފޯމް ހުށާހެޅުއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުގައެވެ. އަދި ފޯމް ހުށަހެޅުއްވީ އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް (23 ކުލަބު) ގެ ތާއީދާއެކު ކަމަށްވެސް ވިދާޅުވިއެވެ. މިއީ، އެފްއޭއެމްގެ ފުލް މެމްބަރުކަން ދީފައިވާ ހުރިހާ ކްލަބެކެވެ.

އެކްސްކޯގައި ހިމެނުމަށް ހުށަހަޅުއްވާފައިވާ މެންބަރުން:

1. ރައީސް: އަހްމަދު ތާރިޤް
2. ސީނިއަރ ވީޕީ: އަލީ އިބްރާހިމް (ނިއު)
3. ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
4. ވީޕީ: މުޖުތަބާ ޖަލީލް (ނިއު)
5. އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
6. މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
7. އަޙްމަދު އައްބާސް (ޓީސީ)
8. އަލީ ރިޒްވާން (ބީޖީ)
9. އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
10. އަންހެން މެންބަރު: ހައްވާ ރަޝީދާ
11. އަބްދުﷲ ނާސިޙް (އޮޑި)

އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދަށްވާއިރު އެފްއޭއެމް ގެ އިންތިޚާބު އޮންނާނީ މިއަންނަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

އެންމެފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަކަށް ހުންނެވީ ބައްސާމް ޖަލީލްއެވެ.މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް