ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަން ޖެހޭ: ނައިބު ރައީސް

ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ކާނާގެ ޔަގީންކަމާއި، ދިވެހީންގެ އާމްދަނީ ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވަޞީލަތެއްގެ ގޮތުގައި ކަނޑުތައްވެފައިވާކަމަށާއި، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަމަށެވެ.

"ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަން ޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.

އެކަނިކުފާނުގެ ވާހަކަފުޅުގައި، ކޮރަލް ބްލީޗިންގ ނުވަތަ ގައު ހުދުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ވަނީީ، ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 14 ވަނަ ލަނޑުދަނޑިކަމުގައިވާ ކަނޑު އަޑީގެ ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރެވޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 14 ވަނަ ލަނޑުދަނޑި، ކަނޑު އަޑީގެ ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރެވޭކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްކުރިއަށްދަނީ ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސިވިލްގައެވެ.

ރިއެކްޝަންސް

ކޮމެންޓް