ކެނެޑާގެ ޚާރިޖީ ވަޒީރަށް ކެނެޑާ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ކެނެޑާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަނީތާ އަނަންދް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎އެގޮތުން އެމަނިކުފާނުގެ މެސެޖުގައި، ކެނެޑާ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، އެޤައުމުގެ ޚާރިޖީ ވަޒީރު، އަނީތާ އަނަންދް އާއި ކެނެޑާ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ‎ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ ސިޔާސީ ޤުޅުމަކީ، އިޚްތިރާމާއި ޤަދަރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަމަށާއި ކުރރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެޤައުމުގެ ޚާރިޖީ ވަޒީރު، އަނީތާ އަނަންދް އަށް ދުޅަހެޔޮ ސިއްޙަތާއި ކެނެޑާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް