ޑިވެލޮޕްމަންޓު ބޭންކަށް 4 ބޭފުޅަކު އައްޔަނުކޮށްފި

ޑިވަލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑަށް އައު ހަތަރު ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް އުފެއްދި ޑީބީއެމްގެ ބޯޑަށް އައު މެންބަރުން އައްޔަނު ކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

އެގޮތުން ޑީބީއެމްގެ ބޯޑަށް އަލަށް އައްޔަނު ކޮށްފައިވަނީ:

1- ހަސަން މިރާސް، މއ. މާފުނަ

2- އަހުމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގޭ

3- މައީޝާ އިބްރާހިމް، ތުކުރީތު، ދ. ކުޑަހުވަދޫ

4- އަޒްމީން ރަޝީދު، ޗަބޭލީވިލާ، ގދ. ތަރަފަންދޫ

ޑީބީއެމް އުފެއްދުމަށް ފަހު އެތަނުގެ ސީއީއޯގެ ގޮތުގައި ހަމަޖެއްސީ، އިނގިރޭސި ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. އެހެން ނަމަވެސް، އެ ބޭންކުގެ މަސައްކަތް ރަނގަޅަށް ނުފެށެނީސް އޭނާ ވަނީ މިދިޔަ މާރިޗް މަސް ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް