ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް އާރްޑީސީން ބުނެފި

ދ. ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އެގޮތުން އެ ކުންފުނިން ބުނީ ސަރުކާރުގެ ފަރާތުން އާރްޑީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށާއި، މިވަގުތު ކުރެވެމުންދަނީ އެރަށުގެ އާކުރި މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތާއި، މޫނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި، ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ސާމާނު އެރަށަށް ފޮނުވާފައިވާކަން އާރްޑީސީން ފާހަގަކޮށްފައިވެއެވެ.

އަދި މިހާރު އެ ކުންފުނިން އެދަނީ އެރަށުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް