ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެ

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްޞީލުކުރެއްވި ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އަޙްމަދު ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެންބަރު އަޙްމަދު ރަޝީދުު އިންތިހާބުވީ އޭރު ވެރިކަން ކުރަމުންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގަ އެވެ.

މަޖިލީހުގެ ދައުރުގެ ތެރޭގައި އެބޭފުޅާ ވަނީ މާލިއްޔަތު ކޮމިޓީ، 241 ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ތަރައްގީގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް