ޢީދު ޗުއްޓީއަށްފަހު މަޖިލިސް ޖަލްސާ މާދަމާ ބާއްވަނީ

އީދު ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހު ޖަލްސާ މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

އެގޮތުން މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފައިވާ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ

  • މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިޔުން
  • ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން

މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ. އެކަމަކު، އޭގެފަހުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރައިގެ އިތުރުން ބުދަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް