އޭޑީކޭ ހޮސްޕިޓަލުގެ ވޯކް-އިން އިންޓަވިއުތަކެއް މި މަހު 14 ގައި ބާއްވަނީ

އޭޑީކޭ ހޮސްޕިޓަލަށް މުވައްޒަފުން ނެގުމަށް މި މަހު 14 ވަނަ ދުވަހު ވޯކް-އިން އިންޓަވިއު ބޭއްވުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށް އޭޑީކޭއިން ބުނެފައިވަނީ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފީހުގައި މި އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ފެށިގެން މެންދުރު 2:00 ޖެހުމާ ހަމައަށްކަމަށެވެ.

އަދި މި ވޯކް-އިން އިންޓަރވިއުތަކުގެ އަސާސީ ޝަރުތުތަކުގައި ހިމެނެނީ ދަށްވެގެން އޯ-ލެވެލް ފާހެއް އޮތުމާއި، ކޮމްޕިއުޓަރަށް ފަރިތަވުމުގެ އިތުރުން ދިވެއްސާއި އިނގިރޭސިއަށް ފަރިތަވުން އަދި މުއާމަލާތް ކުރުމުގެ ހުނަރު ހުރުމަށްވާއިރު، މުވައްޒަފުން ނެގުމުގައި ޝިފްޓް ޑިއުޓީ އަދާކުރެވޭނެ މީހުންނަށް އިސްކަންދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި އިންޓަރވިއުތަކުން ނަގަނީ ކިތައް މުވައްޒަފުންކަން އެނގިފައިނުވީނަމަވެސް، ވަޒީފާއަށް ނަގާ މުވައްޒަފުންނަށް މުސާރައަށް 9،000ރ. އަދި އޯވާޓައިމް ފައިސާގެ އިތުރުން ރިފްރެޝްމަންޓް ވައުޗަރު ލިބޭނެކަމަށާއި ހޮސްޕިޓަލުގެ ޕޮލިސީއާ އެއްގޮތަށް މެޑިކަލް ބެނިފިޓްސް ވެސް ލިބޭނެކަމަށް އޭޑީކޭއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް