މި ހާލަތުން ސިޔާސީ ފައިދާ ނަގަން އުޅޭ މީހުންނަށް އެ ޖާގަ ނުދިނުމަށް ރައީސް ޒުވާނުންނަށް އިލްތިމާސްކުރައްވައިފި

ޒުވާނުންގެ ޖަޒުބާތުތަކުގެ ބޭނުން ހިފައިގެން މި ހާލަތުން ސިޔާސީ ފައިދާ ނަގަން އުޅޭ މީހުންނަށް އެ ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިޔާ އަށް ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ، މިހާރު ޒުވާނުން ކުރަމުން ގެންދާ އިހްތިޖާޖަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، ޒުވާން ކުދިންގެ ޖަޒުބާތާ ކަންބޮޑުވުމަކީ ޖެނުއިން ކޮންސަރން ތަކެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެހެން ނަމަވެސް އެކަމުގެ ފައިދާ އެހެން ބަޔަކަށް ނެގުމުގެ ފުރުޞަތު ނުދެއްވުށެވެ.

"ތިކުދިންގެ ތި ކަންބޮޑުވުމާއި ތި ޖަޒުބާތާއި ތި ހަމަ ޖެނުއިން ކޮންސަރން ގެ މިސްޔޫޒްވިޔަ ނުދޭށޭ އެއްވެސް ފަރާތަކަށް" ރައީސް ވިދާޅުވިއެވެ.

އަދި މިހާރު ގައުމުން ފެނިގެން މިދަނީ ޒުވާނުންގެ އިހްސާސްތަކާއި ޝުއޫރުތަކުގެ ބޭނުން ސިޔާސީ ފަރާތްތަކަކުން ނަގާތަން ކަމަށާއި، އެ ޝުއޫރުތަކުގެ ބޭނުންކޮށްގެން ސިޔާސީގޮތުން ޤައުމުގެ ހަލަބޮލިކަން އުފައްދަން އެ ފަރާތްތަކުން މަސައްކަތްކުރާތަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މީގެ އިތުރުން، ޤައުމު ހަލަބޮލިވެގެން ގައުމުގެ ހަމަޖެހުން ގެއްލިގެން ދިޔުމަކީ ޒުވާނުންވެސް އަދި އިންސާފާ ހަމައަށް ލޯބިކުރާ އެއްވެސް ފަރާތަކުން ބޭނުންވާ ގޮތް ނޫންކަމަށާއި، އެހެންކަމުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފަރާތްތަކަށް ފުރުޞަތު ނުދިނުމަށް ރައީސް ވަނީ ޒުވާނުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އެއީ އަޅުގަނޑުމެން އެއްވެސް ދިވެހި ފަރުދަކަށް މަސްލަހަތު އޮތްގޮތެއް ނޫނޭ. އަޅުގަނޑުމެންގެ ގައުމުގެ ހަމަޖެހުން އޮތުމަކީ ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް މުހިންމުވާނެގޮތްކަމަށް ވިސްނައި އެއީ އެންމެންގެވެސް ޒިންމާއެއް

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް