ހަނގުރާމައެއް ނެތުމަކީ ސުލްޙަމަސަލަސް އެއްކޮށް ޤާއިމުކުރެވޭކަމެއްނޫން: ރައީސް

ހަނގުރާމައެއް ނެތުމަކީ ސުލްޙަމަސަލަސް އެއްކޮށް ޤާއިމުކުރެވޭކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސް" އާ ގުޅިގެން މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ކޯޅުންތަކާއި، ހަމަހަމަކަން ނެތުމާއި މޫސުމީ މައްސަލަތަކުގެ ތެރޭގައި މި ދުވަސް ފާހަގަކުރުމުން ހަނދާންކޮށްދެނީ، ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންކަން ސުލްހައަށް ބޭނުންވާ ކަމަށެވެ.


އަދި ސުލްޙަ ޤާއިމުކުރުމަށްޓަކައި މަޝްވަރާކުރުމާއި، އިންސާފު ޤާއިމުކުރުމާއި، އެކުގައި މަސައްކަތްކުރުން ބޭނުންވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ބައިބައިވެފައިވާ މި ދުނިޔޭގައި މަލްޓިލެޓަރަލިޒަމަކީ އުއްމީދެއް ކަމަށާއި، އޭގެއިން ދައްކައިދެނީ އެއްބާރުލުމާއި އިތުބާރުގެ ތެރެއިން ގޮންޖެހުންތަކުން އަރައިގަނެ، މިއަށްވުރެ ހަމަހަމަ މުސްތަޤުބަލެއް ބިނާކުރެވޭނެކަން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް